ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލްގެ ބައެއް މަރާމާތު ކުރުން

މި މަދަރުސާގެ ބައެއް މަރާމާތުތައް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތުތަށް ކުރާނޭ ފަރާތެއް ހޯދުމަށް 23 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/20  އިޢުލާނުގެ މުއްދަތުގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 މި ސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުމާއި ، ދަރިވަރުންގެ ފާހާނާތައް މަރާމާތުކުރުން އަދި ސްކޫލު އިމާރާތްތަކުގައި ކުލަލައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރ 1 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި  ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

26 ނޮވެންބަރު 2019
ހޯދާ