ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފުން

                 މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔައްހިފުމަށް ކުރެވުނު އިއުލާން ނަމްބަރ IUL)GS-64/2019/017) ގެ މައުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ، އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރީމެވެ.

               ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 5 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރަން ހާޟިރުވާނަމަ، އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަން ވާނެއެވެ. 

26 ނޮވެންބަރު 2019
ހޯދާ