ދިވެހިރާއްޖެ
އިޢުލާނު
ކައުންސިލްގެ މީޓިން ހޯލް ސީލީންގ ކުރުމާއި، ތަށިމުށިޖެހުން:
މި ކައުންސިލްގެ މީޓިން ހޯލްގެ ސީލީންގ ކުރުމާއި، ކަރަންޓް ވައިރިންނާއި، އަދިތަށިމުށިޖެހުމަށް، ކޮއްފައިވާ ނަމްބަރު: (IUL)342/INDIV/2019/120 18 ނޮވެމްބަރ 2019ގައި ކޮއްފައިވާ އިޢްލާނަށް އެކަށީގެންވާ ޢަދަދަކަށް ޝައުޤުވެރިކަން ފައުޅުކޮއްފައި ނުވާތީ އަލުން އެފަދަ ފަރާތް ތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
03 ޑިސެމްބަރ 2019 |
އަންގާރަ |
މެންދުރު ކުރި 11:00 |
އަންދާސީ ހިސާބް ހުށަހެޅުން |
12 ޑިސެމްބަރު 2019 |
ބުރާސްފަތި |
މެންދުރު ކުރި 11:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ރަބީޢުލްއައްވަލް 1441
25 ނޮވެމްބަރ 2019