ދިވެހިރާއްޖެ
މި ޞިއްޙީމަރުކަޒުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށްޓަކައި، މިމަރުކަޒުން ނެގޭ ސާމްޕަލްތައް ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)B08-HC/2019/15 އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 01 ޑިސެންބަރު 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، އޮފީސް ހުޅިވިފައި ހުންނަ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 2 ޑިސެންބަރު 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 08 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.