ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް

(IUL)GS-30/GS-30/2019/30 ނަންބަރު:

އިޢުލާން

 

   މަޤާމް:                            އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމްގެ ނަމްބަރު:                  J-317775

   ބޭނުންވާ އަދަދު:                   1 (އެކެއް)

   މަޤާމްގެ ގިންތި:                    ދާއިމީ

   މަޤާމުގެރޭންކް:                    GS3

   މަޤާމުގެކްލެސިފިކޭޝަން:           އޮފިސަރ ގްރޭޑް 1

   ސެކްޝަން:                        އިދާރީ ސެކްޝަން

   މަޤާމް އޮތް އޮފީސް:                ގދ.އަތޮޅު މަދަރުސާ

   ވަޒީފާ އަދާކުރަންޖެހޭ ތަން:        ގދ.އަތޮޅު މަދަރުސާ / ގދ.ގައްދޫ

   މުސާރަ:                           -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

  އެހެނިހެން އެލަވަންސް:          -/700 ރުފިޔާ ( ސަޕޯރޓިންގ ކޯ އެލަވަންސް )

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްޢުލިއްޔަތުތަކާއި ވާޖިބުތައް:

1- ދުވަހުން ދުވަހަށް ހާޒިރީ ޝީޓްތައް ޕްރިންޓްކޮށް ފައިލްކޮށް ބެލެހެއްޓުން. އަދި މީލާދީ ކޮންމެ މަހެއް ނިމުމުން ، ފެށޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް ޗެކްކުރާ މުވައްޒަފު ލައްވާ ޗެކްކުރުމަށްފަހު މުވައްޒަފުން ލައްވައި ސޮއި ކުރުވުމަށް ފަހު ފައިލް ކުރުން.

2- މުދަލާއި ފައިސާއާ ބެހޭ ޤަވާޢިދުގައި ކަނޑައެޅިފައިވާގޮތަށް  މަދަރުސާ އަށް ހޯދޭ ނުވަތަ ލިބޭ ތަކެތީގެ ތެރެއިން ސްޓޮކް ފޮތްތަކަށް އަރުވަންޖެހޭ ތަކެތި ބޭނުންކުރަން ހުއްދަ ދިނުމުގެ ކުރިން ، ސްޓޮކް ފޮތްތަކަށް ޖަމަޢަކޮށް ނެގޭތަކެތި ބާކީކުރުމާއިމަދަރުސާ އަށް ހޯދޭ ނުވަތަ ލިބޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ރަޖިސްޓްރީއަށް (އިންވެންޓްރީއަށް) އަރުވަންޖެހޭ ތަކެތި ބޭނުންކުރަން ހުއްދަ ދިނުމުގެ ކުރިން ، ހަރުމުދަލުގެ ރަޖިސްޓްރީއަށް ( އިންވެންޓްރީއަށް) ޖަމަޢަކުރުން.

3- ކަމާއިބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދައިގެން ދުވަހުން ދުވަހަށް މަދަރުސާގެ "ޔަޥްމިއްޔާ" ލިޔެ އިސްވެރިޔާ ލައްވައި ސޮއިކުރުވުމަށް ފަހު ފައިލްކުރުންދުވަހުން ދުވަހަށް މަދަރުސާގެ " ޔަޥްމިއްޔާ" ލިޔެ އިސްވެރިޔާ ލައްވައި ސޮއިކުރުވުން

4- ކ މަދަރުސާގެ ދަރިވަރުންނަށް ކޮންމެ އަހަރުކުވެސް ފޮތްލިސްޓްތަކާއި ވައުޗަރތައް ޙަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ދަރިވަރުންގެ ލިސްޓްތަކާއި ބެލެނިވެރިންނަށް އަންގަން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ދަރިވަރުންނަށް ފޮތްލިސްޓްތަކާއި ވައުޗަރތައް ޙަވާލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި މަސައްކަތްހިންގުން.

5- އިސްވެރިޔާއާއި ކަމާއިބެހޭ މުވައްޒަފުންގެ އިރުޝާދު ހޯދައިގެން މަދަރުސާގެ ކޮންމެ އަހަރެއްގެ ހެޑް އޮފް ސްކޫލް ރިޕޯރޓް  ފެށޭއަހަރުގެ ޖެނުއަރީ 30 ގެ ކުރިން ތައްޔާރުކޮށް ފެބުރުއަރީ  10 ގެ ކުރިން މަދަރުސާގެ އިސްވެރިޔާ އާއި ހަވާލުކުރުން

6- ނޯޓިސްބޯޑްތަކުގައި ބަހައްޓަންޖެހޭލިޔުންތަކާއި ރަށުތެރޭގައި ބަހައްޓަންޖެހޭ އިޢުލާންފަދަ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ބެހެއްޓުމާއި ، ނޯޓިސް ބޯޑުތަކުގައިހުންނަ މުއްދަތުހަމަވާ ލިޔުންތައް ނަގައި ދުވަހުން ދުވަހަށް ނޯޓިސް ބޯޑްތައް އަޕްޑޭޓްކޮށް  ސާފުކުރުވައި ބެލެހެއްޓުން

7- އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއިއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން

8- ސެކްޝަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރު ނުވުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

9- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން

10- އިސްވެރިޔާ ނުވަތަ ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި، ހިންގައި، އެންމެހައި ކަންތަކުގައި ބައިވެރިވެ އެކަންތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:      

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 1 މެއި 2018 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތަކަށެވެ. މިގޮތުން މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައަޅާނީ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނނުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

ހ. ހާސިލްކޮށްފައިވާ  ތަޢުލީމާއި، ތަމްރީނު.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

*. ޤާބިލުކަން ކަށަވަރުކުރާނީ އިންޓަރވިއުކޮށްގެންނެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިސްކޫލް އިދާރާއިން އަދި ސިވިލް ސަރވިސް ކޮމިޝާނުގެ ވެބަސައިޓުން ލިބެންހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

3. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ، ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ، ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުތަކާއި ޓްރާންސްކުރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7. ސިވިސްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަނަގައިދޭ

ރެފެރަންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

    މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޑިސެމްބަރ 2019 ވާ ބުދަ  ދުވަހުގެ 12:00ގެ ކުރިން ގދ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  05 ޑިސެމްބަރ 2019 އާއި 12 ޑިސެމްބަރ  2019  އާ ދެމެދު ގދ.އަތޮޅު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

       މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

      ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45( ސާޅީސް ފަހެއް( އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވ 

އިތުރު މަޢުލޫމާތު ހޯދުން:

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ:   7983083 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

29 ރަބިޢުލްއައްވަލް 1441

26 ނޮވެމްބަރ 2019

                                                          

 

 

 

 

26 ނޮވެންބަރު 2019
ހޯދާ