ދިވެހިރާއްޖެ
ނަންބަރ: IUL)407/407/2019/45)
އިޢުލާން
ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމާބެހޭ
ރާއްޖޭގެ ރަށްރަށުގެ ޒަރޫރީބޭނުންތަކަށް ވެލިނެގުމައްޓަކައި މީހުންދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދެއް ނުވަތަ އެ ރަށެއްގެ ފަޅުގައި އެކަށީގެންވާ ޖާގަ ނެތް ރަށްރަށުގެ ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ވެލި ނެގުމައްޓަކައި އެރަށަކާއި ކައިރީގައި އޮންނަ ފަޅެއް/ފަރުގެ ސަރަޙައްދެއް މެޝިނަރީގެ ގޮތުން ހިމެނޭ އާލާތްތައް ކަމަށްވާ އެކްސްކަވޭޓަރ، ސޭންޑް ޕަންޕް ފަދަ އާލާތްތައް ބޭނުންނުކޮށް އުދަލި ފަކީރާ ފަދަ އާލާތްތައް ބޭނުންކޮށްގެން ވެލިނެގުމަށް ކަޑައެޅިފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން އަންގަވާފައިވެއެވެ. މި ގޮތުން މި ރަށުގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް ރާވެއްރެހާ އާއި މާމުޓާ އާއި ދެމެދުން ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުން ވެލިނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، 1 ޑިސެމްބަރ 2019 އިން ފެށިގެން ވެލި ނަގަންވާނީ މި ކައުންސިލުން ހުއްދަ ހޯދުމަށްފަހު ކަމުގައި އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
**************************************************************************************
24 ނޮވެންބަރ 2019