ދިވެހިރާއްޖެ
2020ވަނަ އަހަރު ކުރަންހުރި މަރާމާތު މަސައްކަތް ކުރުމަށް ބޭނުންވެއްޖެ.
މަރާމާތު ކުރުމާއި ގުޅޭ:
މިސްކޫލްގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ސްކޫލްގެ 5 ކްލާސް ރޫމްގައި ބޮޑު ދޮރާއި، ދޮރުފަތް ބަދަލުކުރުން
- އިމާރާތް ތަކުގެ ބޮޑު ދޮރުތަކުގެ ތަޅުތައް ބަދަލުކުރުން (14 ދޮރުގެ)
- ސްމާޓް ބޯޑައި ގުޅިފައިވާ 4 ޕްރޮޖެކްޓަރ ބަދަލުކުރުން
- ގްރޭޑް 7ގެ ކުލާސް ރޫމްގެ މުށި ޖެހުން
- އޮފީސް ތެރޭގެ މުވައްޒަފުން ތިބޭ ތަންތަން ކެބިންތަކާއި ފައިލިން ސިސްޓަމް ހެދުން
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރުން އެދެމެވެ.
1 . މިބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޑިސެމްބަރ2019 ވާ ބުދަ ދުވަހު 9:00 އިން 13:00އަށް އިސްދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ.
2 . މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 13:30 އިސްދޫ ސްކޫލް ގައެވެ.
4 . ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ 2019ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އިސްދޫ ސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިސްކޫލުގެ 6800562 ނަންބަރު ފޯނަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަބީއުލްއައްވަލް 1441
25 ނޮވެމްބަރ 2019