ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS16/IUL/2019/23
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2020ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ކުރަންޖެހޭ މަސައްކަތްތައް
1 2020 ވަނަ އަހަރުގެ ދިރާސީ އަހަރުފެށުމަށްޓަކައި މިސްކޫލުގައި ކުރަންޖެހިފައިވާ މަސައްކަތްތައް ކުރުމުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 ނޮވެމްބަރ 2019 އިން 28 ނޮވެމްބަރ 2019 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 13:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 1 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 4 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި ސ.އަތޮޅުމަދަރުސާގައެވެ.
5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސ.އަތޮޅުމަދަރުސާ
ބަހާއުއްދީން މަގު، ހުޅުމީދޫ،އައްޑޫ ސިޓީ
ފޯން: 6895679
އީ-މެއިލް: [email protected]
28 ރަބިއުލް އައްވަލް 1441
25 ނޮވެމްބަރ 2019