މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ބްލޮކް ކަރަންޓު ވައިރިން މަރާމާތު ކުރުން
- މިމަދްރަސާގެ އޮފީސް ބްލޮކް ކަރަންޓު ވައިރިންގ މަރާމާތު ކުރުމަށް ، މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 25 ން 28 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- ބީލަންތައް ފޮނުވާނީ 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމަދްރަސާއަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 04 ވާ ބުދަ ދުވަހުގެ 12:00ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިމަދްރަސާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ސޮފްޓު ކޮޕީ ފޯމެޓް ގައި މިމަދަރުސާގެ އޮފީހުން ދޫކުރާނެއެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- ފޯން: 6620288
- އީމެއިލް:[email protected]
- ވެބްސައިޓް: www.ifthithaah.edu.mv
24 ނޮވެންބަރު 2019
ހޯދާ