ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ:
އިޢުލާން
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ:
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ނޮވެމްބަރ 2019 އިން 26 ނޮވެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:30 ގައި މި ސްކޫލްގެ އިދާރީ އޮފީހުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 01 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ސްކޫލްގެ އިދާރީ އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 24 ނޮވެމްބަރ 2019 އިން 26 ނޮވެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި ސްކޫލްގެ އިދާރީ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޑިފުށީ ސްކޫލް
ތ. މަޑިފުށި، ދިވެހިރާއްޖެ.
ފޯން: 7891060
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
24 ނޮވެންބަރު 2019
ހޯދާ