ދިވެހިރާއްޖެ
GS145/IUL/2019/036: ނަންބަރ ތާރީޚް: 24 ނޮވެމްބަރ 2019
އިޢުލާން
މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް 01 އަހަރު ދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.
- 2 ކޮޓަރި (އެޓޭޗްޑް ފާހާނާ) އާއި، ސިޓިންގ ރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
- ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާހާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
- ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
- ސިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.
- ގޭގައިހުންނަންޖެހޭ ތަކެތީގެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓް ސްކޫލުން ލިބިލައްވާނެއެވެ.)
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގޯތިތެރެ ސާފުކޮށް ކުނިކަހާ އިންތިޒާމް ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް |
ސިޓީ ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް |
26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަސް ގަޑި 11:00 |
02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަސް ގަޑި 11:00 |
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6640574 އާއި ގުޅުއްވުން އެދެމެވެ.
27ރަބީޢުލްއައްވަލް 1441
24 ނޮވެމްބަރ 2019