ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

ފުނަދޫ ސްކޫލް

   ށ.ފުނަދޫ

      ދިވެހިރާއްޖެ.         

        ނަންބަރު: (IUL)GS-59-AD/INDIV/2019/56 

 

އިޢުލާން

އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ    

                        މި ސްކޫލުގެ ނަމްބަރ: ((IUL)GS-59-AD/INDIV/2019/54) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                        2020ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން 2 ކޮޓަރި، ސިޓީންރޫމް، ކާގެ، ބަދިގެ، ލޯންޑްރީ ބައި އަދި ގޯތިތެރޭގައި ހުސްޖާގަ އޮންނަން ވާނެއެވެ.

                        ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 28ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 5 ވަނަ ދުވަހުގެ 11:00 އަށް ގެ ކުއްޔަށް ދޫކުރެވޭނެ އަގާއި ގޭގެ ފްލޯޕްލޭން އަދި އިންވެންޓްރީ ލިސްޓާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                        އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

1441 ރަބީޢުލްއައްވަލު 27

24 ނޮވެމްބަރ 2019

24 ނޮވެންބަރު 2019
ހޯދާ