Maldives
ނ. އަތޮޅު މަދަރުސާ |
|
ނ.މަނަދޫ |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:2019/42/GS35
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލްގެ ތިން އިމާރާތުގައި ކުލަ ދަވާދުލުމަށް ބޭނުންވެއްޖެ
މިސްކޫލްގެ 3 ކުލާސްރޫމް ހިމެނޭ އިމާރާތާއި، 4 ކުލާސްރޫމް ހިމެނޭ ދެބުރި އިމާރާތާއި، 6 ކުލާސް ރޫމްހިމެނޭ ދެބުރިމާރާތުގެ ބޭރު ފާރުތަކާއި، ބޭރު ސީލިންގުތަކުގައި ކުލަލުމާއި،3 ކުލާސްރޫމް ހިމެނޭ އިމާރާތާއި،4 ކުލާސްރޫމް ހިމެނޭ އިމާރާތުގެ ދޮރާއި، ދޮރުފަތްތަކުގައި ދަވާދު ލުމާއި ދެބުރި އިމާރާތްތަކުގެ ޗެންޗޭނުގައި ދަވާދުލުމަށް ބީލަންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ނޮވެމްބަރ 24 ން 2019 ނޮވެމްބަރ 27 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 13:30 އަށް ސްކޫލް އޮފީހަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 27 ވަނަ ދުވަހުގެ 11:00 ގެ ކުރިން
ނ. އަތޮޅު މަދަރުސާއަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2019 ނޮވެމްބަރ 28 ވަނަ ދުވަހުގެ 11.00 ގައި ނ.އަތޮޅު
މަދަރުސާގައެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 04 ވަނަ ދުވަހުގެ 11:00 ގައި ނ. އަތޮޅު މަދަރުސާގައެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ. އަތޮޅު މަދަރުސާ/ ނ.މަނަދޫ
ފޯން: 6560003
އީ-މެއިލް: [email protected]
24 ރަބީޢުލްއައްވަލް 1441
21 ނޮވެމްބަރ 2019