އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
4 ސަރވަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

ނަންބަރ: A)AD-2019/261)

އިޢުލާނު

4 ސަރވަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

1.     މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް 4 ސަރވަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A)AD-2019/255) (ނޮވެމްބަރ 4, 2019)  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅިފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަ ނުވާތީ އަންދާސީހިސާބު ބާޠިލްކޮށް، މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2019/G-017

4 ސަރވަރ ހާޑް ޑިސްކް ސަޕްލައިކުރުން

2.     ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2019 ނޮވެމްބަރ 26 ވާ އަންގާރަ ވަނަ ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ.

3.     ބީލަން ހުޅުވުން އޮންނާނީ  2019 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

21 ނޮވެންބަރު 2019
ހޯދާ