ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީން ހިންގާޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބޭނުންކުރުމަށް 35 ޓެބްލެޓް ހޯދުމަށް، 10 ސެޕްޓެމްބަރު 2019ގައި ކުރި އޮތޯރިޓީގެ ނަންބަރު: (IUL)179-3.2/1/2019/27 އިއުލާނާ ގުޅިގެން، ބިޑް ޕްރޮޕޯސަލްއަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ، މި އިއުލާން ބާޠިލުކޮށް،އަލުން އިއުލާންކުރަމެވެ.
ވީމާ، 35 ޓެބްލެޓްގެ ސްޕެސިފިކޭޝަންއާއި އަންދާސީހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
https://bit.ly/35wCRvt
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓްތިރީގައި އެވަނީއެވެ.އަދި އަންދާސީ ހިސާބާއެކު މި ޗެކްލިސްޓް ފުރިހަމަކުރައްވާ ސޮއިކުރެއްވުމަށްފަހު ހުށަހެޅުއްވުންއެދެމެވެ.
|
ކުންފުނި ނުވަތަ ޕާރޓްނާރޝިޕްގެ ރަޖިސްޓްރޭޝަން ކޮޕީ |
|
ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް |
|
ހިއްސާދާރުން ނުވަތަ ޕާރޓްނަރުންގެ ތަފްސީލް |
|
މުދާ އުފެއްދި ފަރާތުންދޫކޮށްފައިވާ، އެ މުދަލުގެ ސްޕެސިފިކޭޝަން |
|
އަންދާސީހިސާބު (ތަކެތީގެ އަގު ވަކިވަކިން އެނގޭ ގޮތަށް ޖުމްލަ އަގާ އެކު) |
|
ޓެކްސް ކްލިއަރެންސް |
ވީ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ޑިސެންބަރު 2019، ވާ ބުރާސްފަތި ދުވަހު 11:00 ގައި ތިރީގައިވާ އެޑްރެހަށް ޗެކްލިސްޓާއި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، (ކޮންފަރެންސް ރޫމް) ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު/ މާލެ.
ފޯނު: 3336619 / 3014122