ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

އިޢުލާން

ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

              ހޯރަފުށީ ކައުންސިލްގެ އިދާރާއިން ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށާއި ކައުންސިލްގެ އެކި ބޭނުންތަކުގައި ބޭނުންކުރުމަށް ކުޑަވެގެން 1.5 (ދޮޅު) ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

26 ނޮވެންބަރު 2019

އަންގާރަ

11:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

03 ޑިސެންބަރު 2019

އަންގާރަ

11:30

                   

              މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަން ވާނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔެފައި އޮންނަންވާނެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ހައިސިއްޔަތުންނަމަ އައި.ޑީ.ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވެމެވެ.

              މިކަމާއި ގުޅިގެނެ މީގެ ކުރިން ކޮންފައިވާ ނަންބަރު: IUL247-CA/247/2019/94 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ވަނީ ބާޠިލް ކޮށްފައެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             24 ރަބީޢުލްއައްވަލް 1441

21 ނޮވެންބަރު 2019
ހޯދާ