މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނައަހަރު މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ޢިއްޒުއްދީން ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 އަށް ކުދިން ވެއްދުމާގުޅޭ
އިޢުލާން
2020 ވަނައަހަރު މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ޢިއްޒުއްދީން ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 އަށް ކުދިން ވެއްދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާ ލެވިފައެވެ.
ވީމާ، ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 އަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް، ސަރުކާރު ސްކޫތަކަށްދަރިވަރުން ވައްދަންއެދޭފޯމް24 ނޮވެމްބަރ 2019 ވަނަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓްwww.moe.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ވީމާ، ފޯމު ފުރިހަމަ ކުރައްވާ މިމިނިސްޓްރީއަށް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
21 ނޮވެންބަރު 2019
ހޯދާ
