މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު: (IUL)300-EC/300/2019/26

އިޢުލާން

                                             

ވަޒީފާގެ ފުރުޞަތު:

 

މަޤާމު:              އެޑްމިނިސްޓްރޭޓިވް އޮފިސަރ   

މަޤާމުގެ ނަންބަރު:  J-317489          

ބޭނުންވާ އަދަދު:        01 ( އެކެއް )

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:        ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1 

ވަޒީފާ އަދާކުރަންޖެހޭ ތަން:  މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ

މުސާރަ:              4465.00 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:   މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

   1 . ދުވަހުގެ ޔައުމިއްޔާ ލިޔުން

  1. 6 މަސްދުވަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓްތައްޔާރު ކުރުން
  2. ލިޔެކިޔުންތައް ފައިލް ކުރުން
  3. ޕަރފޯމޭން އިންޑެކްސް ހެދުމުގައި އެހީތެރިވުން
  1. ކައުންސިލް އިދާރާއިން ބާވާތަކެއްޗާއި ނައްތާލަންޖެހޭ ތަކެއްޗާއި ނީލަންކިޔާތަކެތީގެ ރިކޯޑް ބެލެހެއްޓުން
  2. އިންވެންޓްރީ ބެލެހެއްޓުން
  3. އަނބުރާ ދޫކުރެވޭ ތަކެތި ދޫކުރުމާއި ބަލައިގަތުން
  4. އިތުރުގަޑީގެ ޙާޟިރީ ބެލެހެއްޓުން
  5. މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން
  6. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
  7. މުވައްޒަފުންގެ ސަލާމާއި ޗުއްޓީ އާއިބެހޭ ރިކޯޑު ބެލެހެއްޓުމާއި ޗިޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުތުތައް:

1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަންވެގެން 'ޑީ' ގްރޭޑް ލިބިފައިވާ ވުމާއެކު އޭގެ އިތުރު 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަންވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަށްޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  www.csc.gov.mv އަދި މިއިދާރާގެ   ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

                  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

          (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު.
  2. ލިބިލައްވާފައިވާ މަސައްކަތު ތަޖްރިބާ.
  3. އިންޓަރވިއު

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

     މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ރ.ރަސްގެތީމު ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15ޑިސެމްބަރ 2019 އާއި 22 ޑިސެމްބަރ 2019 އާ ދެމެދު، ރ.ރަސްގެތީމު ކައުންސިލުގެ އިދާރާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

        މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މިއިދާރާގެނަންބަރު: (IUL)300-EC/300/2019/25( 04 ނޮވެމްބަރ 2019 ) އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580068 އަށެވެ.   

 

             24 ރަބީއުލްއޫލާ 1441

             21 ނޮވެމްބަރ 2019                                                                                                       

 

   

މިއިޢުލާން ގެޒެޓުގައި ޝާއިޢުކޮށްދެއްވުން އެދެން.

21 ނޮވެންބަރު 2019
ހޯދާ