ދިވެހިރާއްޖެ
ޢިއުލާން
ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ
މިސްކޫލަށް ގެއެއް ކުއްޔަށް ހޯދުމަށް ކުރި އިޢުލާން ނަންބަރު GS72/IUL/2019/50 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެލެއްވީ 2 ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިސްކޫލަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި ( ކޮޓަރީގައި ފާހާނާހުރި ) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާގޭސްއުދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި ގެއެއްކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަޞީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން |
2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ 11:00 އަށް (މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމަވައިފި ނަމަ، ދެން އެންމެ ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި މަޢުލޫމާތު ސާފުކުރުން އޮންނާނެއެވެ) |
2019 ޑިސެންބަރ 2 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
ފޯން: 6528046 ، 6528041
އީމެއިލް: [email protected]