ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ފ.ފީއަލީ، ނަންބަރު (PR)370-ESMS SC/370/2019/1: ދިވެހިރާއްޖެ
ކޯޕަރޭޓް އެފެއާރޒް ޔުނިޓް Corporate Affairs Unit |
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ނޫސްބަޔާން
އަލްމަރުހޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ (ގުލްފާމުގެ ރ.އުނގޫފާރު) ގެ މައްސަލައާއި ގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ނެރެފައިވާ ރިޕޯޓާއި ގުޅޭ
ދިވެހިރާއްޖޭގައި ފަހަކަށް އައިސް ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ރަހުމުކުޑަ އަދި އެންމެ ބިރުވެރި ޖަރީމާއެއްގެ ގޮތުގައި ހިންގާފައިވާ ޖަރީމާއަކީ ދީނީ އިލްމުވެރިޔާ ޑޮކްޓަރ އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން ކަމަށް " މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަން" އިން 07 ނޮވެންބަރ 2019 ގައި ނެރުއްވި ރިޕޯޓްގައިވެއެވެ. އެރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ޖަމާޢަތްތްކާއި އެޖަމާޢަތްތަކުގެ ގޮފިތަކާއި، އޭޖެންޓުން ދިވެހިރާއްޖޭގައި ހަރަކާތްތެރި ވަމުންދެއެވެ. އަދި މިފަދަ ޖަމާޢަތްތަކުގެ މީހުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ މިފަދަ ނޭއްގާނީ އަމަލުތައް ހިންގަމުން ދިއުމަކީ ގައުމުގެ ހާލަތު ނުބައި ފައްތަރަކަށް ވެއްޓިދާނެކަމުގެ ބިރު އޮތް ކަމެއް ކަމަށްވެސް އެ ރިޕޯޓުން ހާމަވާތީ، މިފަދަ އިންސާނިއްޔަތާއި ހިލާފު ޢަމަލު ހިންގާ ޖަމާއަތްތަކާއި ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރުދުންނަށް ދިވެހިރާއްޖޭގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ބަންދުކޮށް މިފަދަ ފަރާތް ތަކަށް ދިވެހިރާއްޖޭގެ ގާނޫނާއި ގަޥާއިދު ތަކުގެ ތެރެއިން ދެވެން އޮތް އަދަބު ދިނުމަށާއި، މި ފަދަ ހަރަކާތްތަކާއި، އެކަމަށް ހިއްވަރު ލިބޭގޮތަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުވުމަށް އެޅެންއޮތް އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުވައްސަސާތަކަށް ގޮވާލަމެވެ.
21 ނޮވެންބަރ 2019
1441 C 24
ނަމްބަރ |
މަޤާމް |
ނަމާއި އެޑްރެސް |
ސޮއި |
1 |
ކައުންސިލްގެ ރިއީސް |
މުޙައްމަދު ޖަލީލް، ހިތައްފިނިވާގެ / ފ.ފީއަލީ |
|
2 |
ކައުންސިލްގެ ނައިބު ރައީސް |
މޫސާ އަޙްމަދު، ބީޗްހައުސް / ފ.ފީއަލީ |
|
3 |
ކައުންސިލް މެންބަރު |
އަޙްމަދު އާދަމް، ނިޝާން / ފ.ފީއަލީ |
|