ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓްގައި ހުރި ތަކެތި ނީލަންކިޔުމާއި ގުޅޭ

ނީލަން ކިޔުން

 ނަންބަރު:WAMCO-LOG/IUL/2019/077 

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓްގައި ހުރި ތަކެތި ނީލަންކިޔުމާއި ގުޅޭ

  • ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަނުގެ އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓްގައި ހުރި ކުނީގެ ގޮތުގައި އުކާލާފައިވާ ދަގަނޑު އެލްމީނިއަމް، ލޯ ބައު މެޝިނަރީސް ނީލަމުގައި ވިއްކާލުމަށް ބޭނުން ވެއްޖެއެވެ.
  •  ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ހިތަދޫ،ނިދާލްގައި ހުންނަ ވެމްކޯގެ ސައުތް ރީޖަން  އޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  އަގުހުށަހަޅައި ނީލަމުގައި ބައިވެރިވުން އެދެމެވެ.
  • އަގު ހުށަހަޅުއްވައި ނީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

ތަން

ތަކެތި ހުރިތަން

މަޢުލޫމާތު ސާފުކުރުން

28 ނޮވެމްބަރ 2019 (ބުރާސްފަތި)  

 11:00 (ހެނދުނު)

ހިތަދޫ ،ނިދާލް،ވެމްކޯގެ  ސައުތް ރީޖަން އޮފީސް މީޓިންގ ރޫމް

އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓް

އަގު ހުށަހެޅުން އަދި ނީލަން ކިޔުން

1 ޑިސެމްބަރ 2019 (އާދިއްތަ)

 11:00 (ހެނދުނު)

ހިތަދޫ ،ނިދާލް،ވެމްކޯގެ  ސައުތް ރީޖަން އޮފީސް މީޓިންގ ރޫމް

އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓް

 

  • ނީލަން ކިއުން އޮންނާނީ 1 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު 11:00 ގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ އައްޑޫ، ރުއްޖެހެރަ ޑިސްޕޯސަލް ސައިޓް ގައެވެ.
  • ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މަތީގައި ބަޔާންކޮށްފައިވާ ބާވަތްތައް ބެލުމަށްފަހު ހުރިހާ ބާވަތަކަށް އެއްކޮށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފެށުމަށް ކަނޑައެޅިފައިވާ އަގަކީ 20,000.00 (ވިހި ހާސް) ރުފިޔާއެވެ.
  • ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސްސަތޭކަ ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
  • ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.
  • ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަވަންވާނެއެވެ.
  • ނީލަމުގައި ބައްލަވައިގަނެވުނު ތަކެތި ސައިޓުން ދޫކުރެވޭނީ ނީލަން ކަމިޔާބު ކުރިފަރާތުން ދައްކަވަންޖެހޭ ފައިސާ ދެއްކުމަށް ފަހުގައެވެ.
  • އަދި ނީލަންނިމޭތާ  10 ދުވަހުގެ ތެރޭގައި ނީލަންކިއުނު ތަކެތި ސައިޓުން ގެންދަވަންވާނެއެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

 23 ރަބީޢުލް އައްވަލް 1441

                 21 ނޮވެމްބަރ 2019                 

 

21 ނޮވެންބަރު 2019
ހޯދާ