ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ގޯތިތެރޭގައި ލައިޓް ޖެހުމާބެހޭ
އިއުލާން |
ނަންބަރ: IUL)GS-01/2019/40) |
ތާރީހް: 21 ނޮވެމްބަރ 2019 |
ސްކޫލް ގޯތިތެރޭގައި ލައިޓް ޖެހުމާބެހޭ
މިމަރުކަޒުގެ ގޯތިތެރޭގައި ލައިޓް ޖެހުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވރިވެލައްވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.
ވީމާ، މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:30 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 3 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6608308 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
- މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ
21 ނޮވެންބަރު 2019
ހޯދާ