ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އައު އިމާރާތުގެ 3 ފަންގިފިލާގައި، ނެޓްވޯކް އަޅައި ސީސީޓީވީ ހަރުކުރުމާއި އެ އިމާރާތުގެ އެކްސެސް ކޮންޓްރޯލް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.
ވީމާ، މި މަސައްކަތްތައް އެކުގައި، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.
ބީލަމުގެ މަޢުލޫމާތު ކަރުދާސް، 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކަށް، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 2 ޑިސެމްބަރ 2019 ވާ ހޯމަދުވަހުގެ 13:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.