ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯހުގައި ބައިވެރިވުމާއި ގުޅޭ

g

                        &

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާ / އަންހެނުންގެ މަރުކަޒު

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                                         ނަންބަރ: 2019/01 

އިއުލާން

 

 

ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯހުގައި ބައިވެރިވުމާއި ގުޅޭ

 

                      މިކޮމެޓީއާއި ފ.ފީއަލީ ކައުންސިލާއި ގުޅިގެންފަހަން ދަސްކޮއްދޭ ކޯހެއް 2019 ޑިސެމްބަރ 15ވަނަ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިޔައް ގެންދާނީ، ބޭސިކް އަދި އެޑްވާންސް ވަކިންނެވެ.

 

ބޭސިކް

ބޭސިކް ފުރިހަމަވާއިރު އަމިއްލަޔައް މިންނަގައިގެން ކަނޑަންދަސްކޮއްދެވޭނެ އަދި ތެދު ރޮނގާއި،ހަރުވާޅު، ބެޑްޝީޓް ރަބަރުލެއްވުން، ކުސަން ކަވަރ، ކުޑަކުދިންގެ ހެދުން، ޖީބް ލެއްވުން، އާދައިގެ ޒިބް އިންވިސިބަލް ޒިބް، ކުރުތާ، ޓޮޕް އަދި އަބާޔާ ފަހަން ދަސްކޮއްދެވޭނެ. މީގެ އިތުރުން ފެހުމާބެހޭ އިތުރު މައުލޫމާތު ދެވޭނެއެވެ.

 

އެޑްވާންސް

އެޑްވާންސް ކޯސް ފުރިހަމަވާއިރު އަމިއްލަޔައް މިންނަގައިގެން ކަނޑަންދަސްކޮއްދެވޭނެ އަދި ހަރުވާޅު ހެދުން، އަބާޔާ ނުވަތަ ޓޮޕް، ބެލް ބޮޓަމް، ޤައުމީ ހެދުން، ފޭލި، ޔުނިފޯމް، އޭ ލައިން ހެދުން، އެކިވައްތަރުގެ ގިރުވާން، ޕާޓީހެދުންއަދި އާދައިގެ ވެޑިން ޑުރެސް ފަހަން ދަސްކޮއްދެވޭނެ. މީގެ އިތުރުން ފެހުމާބެހޭ އިތުރު މައުލޫމާތު ދެވޭނެއެވެ.

 

މިކޯހުގައި  ބޭނުންކުރާ ފަހާފޮއްޓާއި އެހެނިހެން ތަކެތި ބައިވެރިންނަށް ފޯރުކޮއްދެވޭނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ފ ފީއަލީ ކައުންސިލުންނެވެ.

ކޯސްފީ : -/2000 ރުފިޔާ

ކޯހުގެ މުއްދަތު: 10 ދުވަސް

ސުންގަޑި: 2019 ޑިސެމްބަރ 01 ވަނަ ދުވަހުގެ 13:00 ގެ ކުރިން

      އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 9729344 / 9992798 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

1441 C 23

20 ނޮވެމްބަރ 2019

                                           

  

                                                    ޝިފާ އާދަމް

                                                   އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ

20 ނޮވެންބަރު 2019
ހޯދާ