ދިވެހިރާއްޖެ
އިޢުލާން
ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ބިން ދޫކުރުމާ ގުޅޭ |
މިރަށު " ޒިޔާރަތްމަގު" ގެ ހުޅަނގު ފަރާތުން 100000 (އެއްލައްކަ) އަކަ ފޫޓުގެ 01 ( އެކެއް) ބިން ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. އަދި މި ބިން ކުއްޔަށްދިނުމަށްހަމަޖެހިފައިވަނީ 10 އަހަރުގެ މުއްދަތަށެވެ. ތިރީގައިމިވަނީ މި ބިންތަކަށް ހުށަހެޅޭ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭ މިންގަނޑު ތަކެވެ.
ފޯމިއުލާ |
ތަފްސީލް |
މާރކްސް ދެވޭ އިންސައްތަ |
މާރކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price) / (Submitted Price) x Allocated percentage
|
މާރކްސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީ ރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ. |
%85 |
އަގު |
(Benchmark No of Dhivehi (finey) staff) / (No of Dhivehi(finey) staff) x Allocated percentage
|
މާރކްސް ދެވޭނީ ހުށަހަޅާ "ބިމަށްއެދޭ ފޯމު"ގައި ފިނޭގެ ރައްޔިތުން ވަޒީފާގައި ގެންގުޅޭ ނިސްބަތައް ބަލާ ކުރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ފޯމެއް ގައިވާ މުވައްޒަފުންގެ މައްޗަށް ބަހާލައިގެންނެވެ. މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ ފަރާތަކަށެވެ. މި ކްރައިޓީރިއާގައި ބެންޗް މާރކަކަށް ވާނީ އެންމެ ގިނައިން ފިނޭގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ އަދަދެވެ. |
ދިވެހި (ފިނޭގެ ރައްޔިތުން) މުވައްޒަފުން ގެންގުޅޭ ނިސްބަތް |
(Benchmark Ijuthimaaee gothunkurumah hushaelhi adhadu ) / (Submitted ijuthimaaee kankan) x Allocated percentage
|
މާރކްސް ދެވޭނީ ބިން ލިބިއްޖެނަމަ އިޖުތިމާއީ ގޮތުން ފިނޭއަށް ގިނަ ކަންތައްތައް ކޮއްދޭފަރާތް ހުށައަޅާ ކަން ކަމުގެ އަދަދު އެއީ ބެންޗް މާކަށް ބަލައިގެން ކްރައި ޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ފޯމެއްގައިވާ ކަންތައްތަކުގެ އަދަދަށް ބަހާލެވި ގެންނެވެ. މިގޮތުން ގިނަ މާރާކްސް ލިބޭނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެއްބަސްވާ ފަރާތަކަށެވެ. |
އިޖުތިމާއީ ގޮތުން ރަށަށްކޮށްދެއްވާނެ ކަންކަން |
ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޑިސެމްބަރ 9 ވާ ހޯމަ ދުވަހު 13:00 ށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކޮށް ހުށަހެޅޭ ބިޑްތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6520027 މި ނަމްބަރާ ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
23 ރަބީޢުލްއައްވަލް 1441
20 ނޮވެމްބަރ 2019