ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީހާއި އިންވެގެން ދެކުނަށްހުރި އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ

ގެސްޓް ހައުސް ހިންގުމަށް ނުވަތަ ވިޔަފާރި ބޭނުންތައް ކުރުމަށް މިރަށު ބޮޑުމަގު އިރުމަތީފަރާތު، ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި އިމާރާތާއި،16450 އަކަފޫޓް ގެ ބިން 10އަހަރުދުވަހުގެ މުއްދަތަށް މަހަކު -/1500ރ އަށްވުރެ ކުޑަނުވާ ކުއްޔަކަށް، ކުއްޔަށް ދޫކުރުމަށް މިކައުންސިލުވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2019 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 05 ނޮވެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2019
ހޯދާ