ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަނާލުގެ ތާޑް އީސްޓް ބީ މަރާމާތުކުރުމާ ބެހޭ

 

އިއުލާން

ނަންބަރ: (IUL)GS-01/2019/38

ތާރީހް: 20 ނޮވެމްބަރ 2019

 

ދަނާލުގެ ތާޑް އީސްޓް ބީ މަރާމާތުކުރުމާ ބެހޭ

                  ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލު) ގެ ތާޑް އީސްޓް ބީގެ އަލަމާރިތަކާއި ދޮރާ ދޮރުފަތްތަކާއި އަދި ބައެއް އެހެނިހެން މަރާމާތްތައްކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ ، މިކަމަށް ޝައުޤުވރިވެލައްވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

                      ވީމާ، މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު  3 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6608308 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

  • ·        މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ
20 ނޮވެންބަރު 2019
ހޯދާ