ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލްގެ ޢިމާރާތްތަކުގައި ކަނޑައިގެން ގޮސްފައިވާ އެންމެހައި ތަންތަން މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖ

ހަނިމާދޫ ސްކޫލް                          

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2019/051 

އިޢުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

ހަނިމާދޫ ސްކޫލްގެ ޢިމާރާތްތަކުގައި ކަނޑައިގެން ގޮސްފައިވާ އެންމެހައި ތަންތަން މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

  1. މި ސްކޫލް ޢިމާރާތުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ބެއްދުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެންބަރު 20 ން 2019 ނޮވެންބަރު 26 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރު 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެންބަރު 28ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  5. 5.  ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 03 ވާ އަންގާރަ ދުވަހުގެ 13:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                               23 ރަބީޢުލްއައްވަލް 1441

                               20 ނޮވެންބަރު 2019

20 ނޮވެންބަރު 2019
ހޯދާ