ދިވެހިރާއްޖެ
އިޢުލާން
2020ވަނަ އަހަރުގެ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ޖަނަވަރީ 2020އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގައި ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ނަންނޯޓް ކުރެއްވުމަށްފަހު މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި، ކެޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފާރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ނަންނޯޓް ކުރުން |
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
19 ނޮވެންބަރު 2019 އިން 26 ނޮވެންބަރު 2019 ވަނަ ދުވަހުގެ 11:00 އަށް ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި |
26 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި |
11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި |
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6800743 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
22 ރަބީޢުލްއައްވަލް 1440