ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

GS-203/IUL/2019/ ނަންބަރ: 25

                                                           ތާރީޚް: 19 ނޮވެމްބަރ 2019 

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

         މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 2020 ވަނަ އަހަރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް ހޯނޑެއްދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިފައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

         މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 7983089 އަށް ގުޅުއްވުން އެދެމެވެ.

 

1- މަސައްކަތުގެ އަގަށް                            70 ޕޮއިންޓް

2- ތަޖުރިބާ އަށް                                 18 ޕޮއިންޓް

3- ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް    12 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ނޮވެމްބަރ 2019

19 ނޮވެންބަރު 2019
ހޯދާ