ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 ޑިސެންބަރު 2019 14:58 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލުގެ ދަރިވަރުންނަށް ސެކަންޑް ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންގެ ސެކަންޑްޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިސްކޫލުގެ ދަރިވަރުންގެ ސެކަންޑްޔުނީފޯމް ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ތައްޔާރު ކޮށް ދޭނެފަރާތެއް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ނޮވެންބަރ 20 އިން 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ޢަފީފުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރ 25 ވާހޯމަދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019ނޮވެންބަރ 26 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރ 2 ވާ ހޯމަ ދުވަހުގެ 13:00 ގައި ޢަފީފުއްދީން ސްކޫލް ލައިބްރަރީގައެވެ.
- ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
ފޯން: 6528046 ، 6528041
އީމެއިލް: [email protected]