ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެމޯގްރަފީ ހެދުމަށް ބޭނުންވާ ރޫމާއި މިކަމާގުޅޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ: (IUL)KRH-APD/2019/25 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީ ކުރުން
20 ނޮވެންބަރު 2019 ވާ ބުދަ ދުވަހުން ފެށިގެން 21 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 9:00 ން 13:00 އަށް
- ޕްރިބިޑް މީޓިންގ
24 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
- އަންދާސީ ހިސާބު ހުށަހެޅުން
28 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.