ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް އިންޖިނިއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
ލޮޖިސްޓިކްސް – ބޯޓުފަހަރު |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
ބޯޓުގެ އިންޖީން ޑިޕާޓްމަންޓުގެ އިންވެންޓްރީ ބެލެހެއްޓުން ބޯޓުގެ އެންމެހާ މެޝިނަރީ އަދި އިންޖީނުގެ މެއިންޓެނަންސް މަސައްކަތް ރާވާ ހިންގުން. އިންޖީން ބަލަހައްޓާމީހުން ތަމްރީންކުރުމާއި އިރުޝާދު ދިނުން. |
ޝަރުތުތައް: |
މެރިން ޗީފް އިންޖިނިޔަރގެ ސަނަދުތައް ޙާސިލްކޮށްފައިވުން، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި މެކޭނިކަލް އިންޖިނިޔަރިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން |
މަހު މުސާރަ: |
26،000 ރ އާއި 27،000 ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ލޮޖިސްޓިކްސް ޑިޕާޓްމަންޓް - ބޯޓުފަހަރު |
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީހުން އަދި ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.