ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތު
އިޢުލާން ނަންބަރ:GS-107/2019/34
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސުކޫލުގައި ކޮންމެހެން ކުރަން ބޭނުންވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 19 އިން 2019 ނޮވެމްބަރ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯކައިދޫ ސްކޫލް
ށ.ފޯކައިދޫ
ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.
ފޯން: 6540542
އީ-މެއިލް:[email protected]
ކޮޕީ އީ-މެއިލް: -
22 ރަބީޢުލްޢައްވަލް 1441
19 ނޮވެމްބަރ 2019
19 ނޮވެންބަރު 2019
ހޯދާ