ދިވެހިރާއްޖެ
އަލިފުށީ ޞިއްޙީމަރުކަޒު
ރ.އަލިފުށި / ދިވެހިރާއްޖެ
ނަންބަރު: (IUL)E1-SM/2019/05
އިޢުލާން
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
އެޑްމިން އެންޑް އެޗް.އާރް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
އަލިފުށީ ޞިއްޙީމަރުކަޒު |
މުސާރަ |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
އެހެނިހެން އެލަވަންސް |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
މަޤާމުގެ ޝަރުތުތައް |
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، އަލިފުށީ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ޑިސެމްބަރ 03 އާއި 2019 ޑިސެމްބަރ 16 އާ ދެމެދުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6580217 ނަންބަރު ފޯނަށެވެ. |
19 ނޮވެމްބަރ 2019