މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

`

 

މުރައިދޫ ސްކޫލް

 

    މުރައިދޫ،

   ދިވެހިރާއްޖެ.

                                          އިޢުލާން ނަންބަރ:IUL)GS83/2019/25)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1        ކޮންޓެކްޓް އުސޫލުން 01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

2        މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

3        މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

4        މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

5        ބިޑް ހުޅުވުން އޮންނާނީ 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުރައިދޫ ސްކޫލުގައެވެ.

6        އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ހއ މުރައިދޫ ސްކޫލް

މުރައިދޫ، ދިވެހިރާއްޖެ

ފޯން:  6500537

އީ-މެއިލް: [email protected]

 

 

22 ރަބީއުލްއައްވަލް 1441

19 ނޮވެމްބަރ 2019

19 ނޮވެންބަރު 2019
ހޯދާ