ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ސްޓޭޖުގެ ދެކުނު ފަރާތު ގުދަން ކުއްޔަށް ދިނުން:

އިޢުލާން  

 

މިރަށު ސްޓޭޖުގެ ދެކުނު ފަރާތު ގުދަން ކުއްޔަށް ދިނުން:

 

                     މިރަށު ސްޓޭޖުގެ ދެކުނު ފަރާތު ގުދަން 2އަހަރަށް ކުއްޔަށް ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިގޮތުން މިގުދަން ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތްތަކާއި މިގުދަނާއިބެހޭ މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.

 

ގުދަނުގެ މަޢުލޫމާތު:

ގުދަނުގެ ބޮޑުމިން: 10×10 (100އަކަފޫޓް )

ތަފްސީލް: ހިޔާކޮށް، ސިމެންތި ޖަހައި، ސީލިންގ އަޅާފައި.

 

ބީލަމުގައި ބައިވެރިވުން:

މިގުދަން ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވާ ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:30 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ.

 

ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން:

މިގުދަން ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ -/500.00ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/50ރ ( ފަންސާސް ރުފިޔާ ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް

 

 

 

 އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތާއެކު އެއްބަސްވުމުގެ ދަށުން ގުދަން ކުއްޔަށް ދޫކުރެވޭނެއެވެ.

ވީމާ، މިގުދަން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2019
ހޯދާ