މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ މަރާމާތުގެ މސައްކަތް ކުރާނެ ފަރާތެއް ހޯދުން

މިއިދާރާގައި ކުލަ ދަވާދު ލުމާއި މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ IUL-296-A/2019/41އާއު ގުޅިގެން ހުށައެޅިފައިވާ އަންދާސީ ހިސާބުތަށް ފުރިހަމަ ނުވާތީ ހުށައެޅިފައިވާ އަންދާސީ ހިސާބުތަށް ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެ މަސައްކަތް ތަކަށް ބަދަލް ގެނެސް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުން އޮންނާނީ20 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައެވެ.އަންދާސީ ހިސާބު ހުށައަޅުއްވާނީ 27 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:00 އަށް ފޮއްދޫ ކައުންސިލްގެ އިދާރާއަށެވެ.

 މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. އަދި ދެވިފައިވާ މައުލޫމާތާއި އެއްގޮތް މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ވެސް އަގު އިވޭލުއޭޓް ކުރުމުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

         ވީމާ މިކަން އާންމޮކޮން އެންގުމައްޓަކައި އިޢުލާން ކުރަމެވެ.

14 ނޮވެންބަރު 2019
ހޯދާ