ދިވެހިރާއްޖެ
މަޤާމް: ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް އުސޫލުން (06 މަސްދުވަސް)
މުސާރައާއި އިނާޔަތް: ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން
ތަޢުލީމާ ތަޖުރިބާ:
1. އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދަށްވެގެން ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
2. އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދަށްވެގެން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
3. އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ކޮންޓްރެކްޓަރުންނާއި އެކު މީޓިންގތައް ރާވައި ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
2. ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅުންހުރި ފަރާތްތަކަށް ހުށަހެޅުން.
3. މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ސައިޓްތަކަށް ގޮސް މަސައްކަތް ސުޕަވައިޒްކުރުން
4. ދުވަހުން ދުވަހަށް ޕްރޮޖެކްޓުގެ މަސައްކަތްތައް ހިންގުމަށްޓަކައި ނިންމަންޖެހޭ ކަންތައްތައް ނިންމުން
5. ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ޕްރޮޖެކްޓް ރިޒަލްސްޓްސް ފްރޭމް ވާރކްގައި ބަޔާންކޮށްފައިވާ ވާރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދޭތޯ ބަލާ ޗެކް ކުރުން
6. ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުމާއި، ފައިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރުމާއި، އެކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
7. ޕްރޮޖެކްޓްތަކުގައި ހިމެނޭ އެހެން ސްޓާފުން މޮނިޓަރކޮށް ޕްރޮޖެކްޓްތަކާއި ގުޅިގެން ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދިއުން
ކުރިމަތިލުމުގެ ސުންގަޑި: 26 ނޮވެމްބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.