ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

                                            ނަމްބަރ: IUL/GS039/2019/16

 

2020 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

         2020 ޖެނުއަރީ 01 ން 2020 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    

          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2019 ނޮވެމްބަރ 20  ވާ ބުދަ  ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

          މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު )ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިސްކޫލްގެ ނަމްބަރ 6500313 އާ ގުޅުއްވުން އެދެމެވެ.

                17  ނޮވެމްބަރ     2019

                20  ރަބީއުލްއައްވަލް  1441

17 ނޮވެންބަރު 2019
ހޯދާ