ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލާއި ގޭހުގެ މަސައްކަތަށް ބިން ދޫކުރުން

މިރަށުގެ ބަނދަރުގެ ދެކުނު ކޮޅުން ތެލާއި ގޭހުގެ ވިޔަފާރިކުރުމަށްޓަކައި އަލަށް ބިންނަގައިގެން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން 03 ބިން ކުއްޔަށްދިނުމަށްޓަކައި ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ބީލަށް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ތެލާއި ގޭހުގެ ވިޔަފާރިއަށް ދޫކުރާ ބިންތައް ކުއްޔަށްދިނުމާގުޅޭ ބީލަން ކަރުދާސް 2019 ނޮވެމްބަރު 18 ވާ ހޯމަދުވަހުގެ 9:00 ން ފެށިގެން 2019 ނޮވެމްބަރު 28 ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ކަރުދާސް އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 ޑިސެމްބަރ 02 ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ ގިނަވެގެން 03 ފޯމެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި 2ބިން ދޫނުކުރެވޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ރެޖިސްޓްރީގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2019
ހޯދާ