މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

   ދިވެހިރާއްޖެ.

 

                                                                     ނަންބަރު:   K5C-A/2019/27

އިޢުލާން

މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00  އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 27 ނޮވެމްބަރ 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު، މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު

17 ނޮވެމްބަރ 2019

 

17 ނޮވެންބަރު 2019
ހޯދާ