ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:GS149/IUL-2019/21
2020 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނުއިޢުލާން ނަމްބަރ GS149/IUL-2019/20 އާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަން އަށް އެންމެ ފަރާތަކުން ހާޞިރުވެފައިވާތީ އެއިޢުލާން ބާޠިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް ގެންނަންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. |
ބޮޑުފޮޅުދޫ ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން. |
2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
2019 ޑިސެމްބަރ 3 ވާ އަންގާރަ ދުވަހުގެ 13:00 ގައި |
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު6660841 އާއި ގުޅުއްވުން އެދެމެވެ.
17 ނޮވެމްބަރ 2019