ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ، 01 އަހަރަށް)

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

(ކޮންޓްރެކްޓް، 1 އަހަރަށް)

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރަވީ ސްކޫލް / ހުޅުމާލެ، ދިވެހިރާއްޖެ

މުސާރަ:

-/5020 ރ

ސަރވިސް އެލެވަންސް:

-/1500 ރ

ސަޕޯޓިންގ ކޯ އެލަވަންސް -1:

-/700 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. ސްކޫލަށް ލިބޭ ބިލްތަކަށް ފައިސާދެއްކުން؛

    2.1.ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަމަކުރަންޖެހޭ ޑޮކިއުމަންޓްސް ހަމަކުރުން.

    2.2. ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި އެސްއޭޕީ ސިސްޓަމްގައި އެކައުންޓް ހުޅުވަންޖެހޭފަރާތް ތަކަށް އެކައުންޓް ހުޅުވުން.

    2.3. ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ވައުޗަރ ތައްޔާރުކޮށް ވައުޗަރުގައި ސޮއި ކުރަންޖެހޭ ފަރާތްތައް ލައްވާ ސޮއިކުރުވުން.

    2.4. އެއަށްފަހު އެސްއޭޕީ ސިސްޓަމްގައި ޕީ.ވީ ޕާކުކޮށް ޕޯސްޓް ކުރުމަށް ހަވާލުކުރުން.

    2.5. ޕީ.ވީ ޕޯސްޓް ކުރުމަށްފަހު އެސްއޭޕީ ސިސްޓަމްގައި މެދުވެރިކޮށް ބިލް ހުށައަޅާފައިވާ ފަރާތައް ފައިސާ ލިބުނުކަން ޔަގީން ކުރުން.

    2.6. އަދި ޕީ.ވީ ނަންބަރުގެ އޯޑަރުން ފައިލް ކުރުން.

3. ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތުންވެސް ތަކެއްޗާއި އިމާރާތުގެ ތަންތަން ދޫކުރުން.

    3.1. ދޫކުރެވޭ ތަކެތި އަދި ތަންތަން ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ދޫކުރުމަށްޓަކައި ފޯމު ފުރިހަމަކުރުން.

    3.2. ފޯމް ފުރިހަމަ ކުރުވުމަށްފަހު ވެރިއެއްގެ ހުއްދަހޯދާ އަދި ފައިސާ ނަގަންޖެހޭފަރާތްތަކުން ފައިސާ ނެގުން.

    3.3. ތަކެތި ދޫކުރުމަށްޓަކާ ސަރުދާރާއި ހަވާލުކޮށް އަދި އަބުރާ ތަކެތި ލިބުނުތޯ ޔަގީން ކުރުން.

    3.4. ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތުންވެސް ދޫކުރެވޭ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތީގެ ބަދަލު ނުވަތަ އަގު ހޯދުން.

4. ސްކޫލުގެ މުވައްޒިފުނަށް މުސާރަ ދިނުން؛ 

     4.1.ޙާޟިރީ ރިޕޯޓްއާއި އޯ.ޓީ ރިޕޯޓް ލިބުމުން މުސާރަ ޝީޓް ތައްޔާރުކުރުން.

     4.2.މުސާރަ ޝީޓް އެސްއޭޕީ ސިސްޓަމްގައި ޕާކުކޮށް ރަން ކުރުމަށްފަހު ސިމިއުލޭޓް ކޮށް ޕޯސްޓް ކުރުމަށް ހަވާލުކުރުން.

     4.3.މުސާރަ މުވައްޒަފުންގެ އެކައުންޓް ތަކަށް ޖަމާކުރުމަށްޓަކައި ހަދަންޖެހޭ ބޭންކް ޝީޓްތައް ތައްޔާރުކުރުން

     4.4.މުސާރަ ސިމިއުލޭޓްކޮށް ޕޯސްޓް ކުރުމުމަށްފަހު ޗެކް ތައްޔާރުމުން ފިނޭންސް މިނިސްޓްރީ އިން ޗެކްނެގުމަށްފަހު ބޭންކް ތަކާއި އެކު ފައިސާ ޖަމާކުރުމަށްޓަކައި ބޭކަންފޮނުވާ ޗެކް ޖަމާވިކަން ޔަގީންކުރުން.

     4.5.މުވައްޒިފުންނަށް އެމުވައްޒިފެއްގެ މުސާރަ ސްލިޕް ކޮންމެ މަހެއްގައި މުސާރުރުމަށްފަހު ހަވާލުކުރުން.

     4.6ޕެންޝަން ސްކީމްއަށް ދައްކަން ޖެހޭފައިސާ އާއި މުވައްޒިފުންގެ ކްރެޑިޓް ސްކީމް ތަފްސީލްގެ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް މަހުން މަހަށް ފޮނުވުން.

   4.7  އެކިއެކި ގޮތް ގޮތުން ސްކޫލަށް ލިބޭ ފައިސާ ސްކޫލުގެ އެކައުންޓްތަކަށް (އެމް.އެމް. އޭ ،ސްކޫލް/ސްޓޫޑަންޓް ފަންޑް އަދި ޕީޓީއޭ ފަންޑަށް) ޖަމާކުރުމާއި ލިބޭއާމުދަނީ ރިޕޯރޓް، ރިކޮންސިލިއޭޝަން ރިޕޯރޓް އަދި ތިޖޫރީ ރިޕޯޓް ހެދުމަށްފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވުން.

5 ޕީ.ޓީ.އޭ އާއި ސްކޫލް ފަންޑުން ފައިސާ ދަށްކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކާ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިޔެ ބެލެހެއްޓުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ކުރިން ހުއްދަ ހޯދަންޖެހޭފަރާތް ތަކުން ހޯދުން.

    5.1 ސްކޫލަށް އެކި އެކި ފަރާތްތަކުން ދައްކާ ފައިސާ (ސްކޫލު ފީ، ތަކެތީގެ ކުލީ ފީ، އަދި އެހެނިހެން) ބަލާގަނެ ރަސީދު ދޫކުރުމަށްފަހު ރިޕޯޓް ތައްޔާރުކޮށް އެފައިސާ ޖަމާކުރަންޖެހޭ އެކައުންޓަށް ޖަމާކުރުން.

    5.2 ސްކޫލް ފަންޑް އަދި ޕީޓީއޭގެ ފަންޑް އެންމެ މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ކުރެވުނު ހަރަދުތަކާއި ލިބުނު ފައިސާގެ އަދަދު ބެލެންސް ކޮށް ސްޓޭޓްމަންޓް ނިންމާ އެޑްމިނިސްޓްރޭޓާރ ލައްވާ އެޕްރޫވްކުރުމަށްފަހު ފައިލް ކުރަންވާނެއެވެ.

    5.3 އަދި އެކިގޮތްގޮތުން ސްކޫލަށް ލިބޭފައިސާގެ ވަކިވަކި ޕްރޮޖެކްޓްސްގެ ސްޓޭޓްމަންޓް ބާކީ ހުރިފައިސާ އިގޭނޭހެން ތައްޔާރުކޮށް ބެލެންސްކޮށް އެންމެ މަދުވެގެން މަހަކު އެއްފަހަރު ހަވާލުވެހުންނަ ވެރިއަށް ރިޕޯޓް ކުރަންވާނެއެވެ.

6. 3 ވަނަ ،މާއްދާގައިވާ ގޮތުގެ މަތިން ސްކޫލުގެ ބަޖެޓުން ޚަރަދު ކުރެވުނު ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް އެސްއޭޕީގެ ސްޓޭޓްމަންޓް އޮފް ޖީ. އެލް ކޯޑް އާއި އެއްގޮތްކުރުމަށްފަހު މިނިސްޓްރީ އޮފް އެޑިކޭޝަން އަށް ކޮންމެމަހަކު ފޮނުވުން.

7. ސްކޫލުގެ ބަޖެޓް އައިޓަމްތައް ޑިފިސިޓް ވިޔަނުދީ ޚަރަދުކުރުމުގެ ކުރިން ވެރިންގެ ލަފާގެމަތިން ބަޖެޓްކޮންޓްރޯލްކޮށް ހަދާ އޭގެ ޑޮކިއުމަންޓް ފައިލްކޮށް ކޮންޓްރޯލްތައް ބަޖެޓްރިޕޯޓަށް އެންޓަރ ކުރުން.

8. ބަޖެޓާބެހޭގޮތުން ހަވާލުކުރެވޭ ސިޓީތަކާއި، ލިޔުންތައް ލިޔެ ބެލެހެއްޓުން.

9. ކުރިއަށްއޮތް އަހަރަށް ލަފާކުރާ ސްކޫލްގެ ބަޖެޓް ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުމާއި ބަޖެޓް ތައްޔާރުކުރުމަށްޓަކާއި ކުރަންޖެހޭ އެންމެހާއި ކަންކަން ކޮށް މިނިސްޓްރޯ އޮފް އެޑިއުކޭޝަން އަށް ފޮނުވަންޖެހޭ ތާރީޚްގެ ކުރިން ފޮނުވުން.

10. އެކިއެކި ގޮތްތޮތުންލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓް ތަކަށްޖަމާކުރުމުގެ ކުރިންނާއި، ފައިސާ ދިނުމަށްޓަކައި އެކައުންޓުންނެގޭ ފައިސާ އެފަރާތަކަށް ރައްދުކުރެވެންދެން ރައްކާތެރި ކަމާއި އެކު ސްކޫލުގެ ތިޖޫރީގައި ބެހެއްޓުމާއި 6 ވަނަ ޕޮއިންޓްގައިވާ ފަދައިން ތިޖޫރީ ރިޕޯޓަށް މިފައިސާ އެންޓަރކޮށް ރިޕޯޓް މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވާ ލިބުނުކަން ޔަގީން ކުރުން.

11. ސްޕޮންސަރގެ ގޮތުގައި ލިބޭތަކެތި އަދި ފައިސާ ސްޕޮންސަރ ރަޖިސްޓްރީ އަށްވެއްދުމާއި އިންވެންޓްރީ އަށް ވައްދަންޖެހޭ ތަކެތި އިންވެންޓްރީ ބަލަހައްޓާ މުވައްޒިފާއި ހަވާލުކުރުން. އަދި ސްޕޮންސަރ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.

12. ސްކޫލުގެ ހަރުމުދާ ހަލާކުވެ  ބޭނުންނުކުރެވޭ ވަރުވުމުން ވެރިންގެ ލަފާހޯދާ ސަރުދާރުމެދު މެދުވެރިކޮށް ލިސްޓްހަދާ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހު ނީލަން ކިޔުމަށް އެމް.ޓީ.ސީ.ސީ ނީލަން ފިހާރައަށް ލިސްޓް ފޮނުވުން.

   12.1 ސްކޫލުން ނީލަން ކިޔުމަށް ފޮނުވޭ ތަކެތީގެ ތެރެއިން ނީލަމުން ވިކުނުތަކެތީގެ މަޢުލޫމާތު އެމް.ޓީ.ސީ.ސީ ނީލަންފިހާރައިން ހޯދާ ނީލަން ކީފައިވާ ތަކެތީގެ މަޢުލޫމާތު ލިބުމުން އިންވެންޓްރީ ރަޖިސްޓްރީ އަޕްޑޭޓްކުރުމަށް އިންވެންޓްރީ މަސައްކަތް ކުރާމުވައްޒަފާއި ހިއްސާކުރުން.

   12.2 ސްކޫލުން ނީލަން ކިޔުމަށް ފޮނުވޭ ތަކެތި ނީލަން ކިޔުމުން  އެމް.ޓީ.ސީ.ސީ ނީލަންފިހާރައިން އެފައިސާ ހަވާލުވެ އެމް.އެމް.އޭ ގެ ޕަބްލިކްސް އެކައުންޓަށް ޖަމާކުރުން.

13. އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.

ދާއިރާ:

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:   

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.

1. ސާނަވީ،ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަތީ ސާނަވީ، ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހުރަވީ ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ހުރަވީ ސްކޫލް، ހުޅުމާލެއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected]  އެވެ.  އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 26 ނޮވެންބަރު 2019 އާއި 05 ޑިސެންބަރު 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިރުތު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350709، 3350728 އަށެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.

17 ނޮވެންބަރު 2019
ހޯދާ