ދިވެހިރާއްޖެ
`
ވަންދޫސްކޫލް
ތ.ވަންދޫ، ދިވެހިރާއްޖެ
ތާރީޚް: 14 ނޮވެމްބަރ 2019 GS179/IUL/2019/20 ނަންބަރު:
އިޢުލާނު
ތިރީގައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
1 - ފައުންޑޭޝަން ދަރިވަރުންގެ ކުޅޭ ސަރަހައްދު މަރާމާތުކުރުން.
- އެސެމްބުލީ އޭރިޔާ އަދި ދިދަ ދަނޑިތައް ބަހައްޓާތަން މަރާމާތުކުރުން.
- ހެލްތްރޫމް ގޮތުގައި ބޭނުންކުރާ ތަން މަރާމާތުކުރުން.
- ގުދަން މަރާމާތުކުރުން. ( ޓިނު ގުދަން )
- ދިޔަދޮވިތައް އަދި އިމާރާތްތަކުގެ އަސްގެނިތަކުގެ ސީލިންގ މަރާމާތުކުރުން.
- ހަލާކުވެފައިވާ އޮފީހުގެ ކުޑަދޮރު މަރާމާތުކުރުން.
- ދަރިވަރުންގެ ފާހާނާގައި ހުރި މަރާމާތުތައްކުރުން.
- ގޭޓް މަރާމާތުކުރުން.
- ކަހާ ގޮތައްހުރި ކުޑަދޮރުތަކުގެ މަރާމާތުތައްކުރުން.
- ހަލާކްވެފައިވާ ލެޑްލައިޓްތައް ބަދަލުކުރުން.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 17 ން 2019 ނޮވެމްބަރ 20 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ވަންދޫސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 01 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މައުލޫމާތުދިނުން އޮންނާނީ 2019 ނޮވެމްބަރ 21 ވަނަ ދުވަހުގެ 10:00 ގައި ވަންދޫސްކޫލް ގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 03 ވަނަ ދުވަހުގެ 11:00 ގައި ވަންދޫސްކޫލް ގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް 21 ނޮވެމްބަރ 2019 ގައި ދޫކުރެވޭނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ވަންދޫސްކޫލް
ތ.ވަންދޫ ، ދިވެހިރާއްޖެ.
ފޯން: 6780574 / 7942324
އީ-މެއިލް: [email protected]
17 ރަބީއުލްއައްވަލް 1441
14 ނޮވެމްބަރ 2019