ދިވެހިރާއްޖެ
އިޢުލާނު
އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން
މިއަތޮޅު އަތޮޅުގެ ( ސްޓޭޓް ހައުސް ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަމްބަރ: IUL)234-A/234/2019/32) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ނަންބަރު: 1019/2019-R މ30 މާރޗް 2019، ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2019 ނޮވެންބަރު 19 އިން 24 ނޮވެމްބަރ 2019 އަށް ރަޖިސްޓްރީވުމަށް 6680507 ނުވަތަ 6680039 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި -/1000 (އެންހާސް ރުފިޔާ) (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2019 ނޮވެންބަރު 19 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. |
|
|
|
17 ރަބީޢުލްއައްވަލު 1441
14 ނޮވެންބަރު 2019
(ސޮއި)
އަޙުމަދު ރަޝީދު
އަތޮޅު ކައުންސިލްގެ ނައިބްރައީސް