މަޤާމު:
|
ޑިސްޕެޗް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ފަހިދިރިއުޅުން ކޯޕަރޭޝަން، 8 ވަނަ ފަންގިފިލާ، ހ. އޯކިޑް، ކ. މާލެ.
|
މަޤާމުގެ ޝަރުޠު:
|
- ގްރޭޑް 10 ނިންމާފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
- ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އޮފީހުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ޑިސްޕެޗްކޮށް ބެލެހެއްޓުން.
- ޑިޕާޓުމަންޓުން އަންގާގޮތެއްގެ މަތިން ޑިސްޕެޗް ރިޕޯޓް ތައްޔާރުކުރުން.
- އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން.
- އޮފީހުގެ ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، ބައްދަލުވުން ހިނގާ ވަގުތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީސް ސާފުކޮށް ބެލެހެއްޓުން.
- މީޓިންގ ރޫމް އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
- ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށް، ބެލެހެއްޓުން.
- އޮފީހުގެ އެހެނިހެން ޑިޕާޓުންމަންޓުތަކުން ޑިސްޕެޗް ޚިދުމަތް ބޭނުންވެއްޖެ ހާލަތްތަކުގައި އެ ޚިދުމަތް ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (އިއުލާނާއެކު އެޓޭޗްކޮށްފައި).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
|
ސުންގަޑި:
|
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ. އޯކިޑް8B އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.
|