ދިވެހިރާއްޖެ
ނަންބަރު: 15/ GAAH/ 2019
އިޢުލާން
މިހޮސްޕިޓަލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެ
މިހޮސްޕިޓަލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
03 ކޮމްޕިއުޓަރ ސިސްޓަމް
02 ފިންގަރ ޕްރިންޓް މެޝިން
06 ފޯން
04 އެގްޒެކެޓިވް ޗެއަރ
މިހެންވެ މިކަން އާނމްކޮށް އަންގާ އިޢުލާންކުރީމެވެ.
14 ނޮވެމްބަރ 2019 މ.
17 ރަބިއުލްއައްވަލް 1441 ހ.