މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ތ.ވިލުފުށީ 64 ހައުސިންގ ޔުނިޓް ހުރި ސަރަހައްދުގެ ޓޮޕޯގްރަފިކް ސާރވޭ(Topographic Survey) ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ތ.ވިލުފުށީ 64 ހައުސިންގ ޔުނިޓް ހުރި ސަރަހައްދުގެ ޓޮޕޯގްރަފިކް ސާރވޭ(Topographic Survey) ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2019/106 (28 އޮކްޓޫބަރު 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ޓީ.އޯ.އާރް އަދި ކުރެހުންތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 ނޮވެންބަރު 17 ވާ އާދީއްތަ ދުވަހުގެ 09:00 އިން ފެށިގެން 2019 ނޮވެންބަރު 24 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2019 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
14 ނޮވެންބަރު 2019
ހޯދާ