ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ

                                             ނަމްބަރ: 254/254/2019/44(IUL) 

އިޢުލާން

 

ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ

 

މިއިދާރާއިން ކޮށްފައިވާ 254/254/2019/28(IUL) (2 ސެޕްޓެމްބަރ 2019) ނަމްބަރ އިޢުލާންއަށް ހުށައަޅާފައިވާ އަންދާސީ ހިސާބު އަގުބޮޑުކަމަށް ފެންނާތީ އެ އަންދާސީ ހިސާބުތައް ބާޠީލްކޮށް އަލުން ޢިޢުލާން ކުރަމެވެ.

މިރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

 މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް  އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރެވޭނެއެވެ.  އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 21 ނޮވެމްބަރ 2019 ވާ ބްރާސްފަތި ދުވަހު 11:00  އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

14 ނޮވެންބަރު 2019
ހޯދާ